2015 ވަނައަހަރު ތައްޔާރުކޮށްފައިވާ ނޮޅިވަރަންފަރުގެ ބިނާވެށި ޕްލޭން އަލުން ސާރވޭކޮށް މިހާރު އައިސްފައިވާ ބަދަލުތަކާއެކު، ބިނާވެށި ޕްލޭން ތައްޔާރުކުރުމަށް ރިޔަން ޕްރއިވެޓް ލިމިޓެޑާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 21 ފެބްރުއަރީ 2022 ވަނަ ދުވަހުއެވެ. މިމަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުންފެށިގެން 60 ދުވަސްތެރޭގައެވެ. މިމަސައްކަތުގެ އަކަކީ 190800.00 (އެއްލައްކަ ނުވަދިހަހާސް އަށްސަތޭކަ ރުފިޔާ) ގެ މަސައްކަތެކެވެ. ބިނާވެށި ޕްލޭން ތައްޔާރުކޮށް ނިންމާ މިނިސްޓްރީން އެޕްރޫވުކުރުމާއެކު ނޮޅިވަރަންފަރުން ދޫކުރަން ހަމަޖެހިފައިވާ ބިންތައް ކުއްޔަށް ދިނުމުގެ މަސައްކަތްތައް ފެށިގެންދާނެއެވެ. އޭގެތެރޭގައި ޓުއަރިޒަމް ބިންތަކާއި ޢާއްމު ވިޔަފާރިބިންތަކާއި ބަނދަރު ބިންތައް ހިމެނެއެވެ.